ތައިލޭންޑްގެ ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާ ގުޅުވައިގެން ތަޢާރަފުކޮށްފައިވާ "ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޞިއްޙީ ވުޒާރާއިން ބުނީ މި އެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން އެދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތް ފާހަގަކޮށް ދެވޭ އެވޯޑެއް ކަމަށެވެ.
އެހެންކަމުން މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 30 އޭޕްރިލް 2025 (ބުދަ) ދުވަހުގެ 12:00ގެ ކުރިން ޞިއްޙީ ވުޒާރާގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަން އަށް އެޑްރެސްކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
އެ ވުޒާރާއިން ބުނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓުން ނުވަތަ އެ ވުޒާރާގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް އީމެއިލް ކުރުމުންވެސް ލިބޭނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން