ބ. މާޅޮހުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބޭސްފިހާރައެއް ހިންގާނެ ތަނެއް ހޯދަން އިޢުލާންކޮށްފިއެވެ.
އެސްޓީއޯ އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ބ. މާޅޮހުން ބޭސްފިހާރަ ހިންގާނެ ޖާގައެއް ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށެވެ. މިގޮތުން އެއީ ގްރައުންޑް ފްލޯގައި ހުރި ތަނެއްކަމުގައިވާންވާނެ ކަމަށާއި، 200 އަކަފޫޓަށްވުރެ ކުޑަނުވާ ތަނެއްކަމުގައިވާންވާނެ ކަމަށާއި، ހެލްތު ސެންޓަރާ ވީހާވެސް ކައިރީގައި ހުރި ތަނެއް ކަމުގައި ވާންވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މީގެއިތުރުން، ކުއްޔަށް ދޫކުރާ ތަނަކީ މިހާރުން މިހާރަށް ބޭނުން ކުރެވޭނެފަދަ ހާލަތެއްގައި ހުރި އިމާރާތެއް ކަމުގައިވާންވާނެ ކަމަށާއި، ކަރަންޓު ވަކިކުރެވިފައި ހުރި ތަނެއްކަމުގައި ވާންވާނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.
އެސްޓީއޯ އިން ބުނީ އެ ތަނުގެ ކުލީގެ ކަންތައްތައް ކުރިއަށްގެންދާނީ ދެ ފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމަށެވެ.
އެސްޓީއޯ އިން ވަނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 މާރިޗު 23 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން އަގު ކަރުދާހާއި، ތަނުގެ ފޮޓޯ އެ ކުންފުންޏަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައެވެ.
އަދި އަގުތަކާއި، ފޮޓޯތަކަށް ބެލުމަށްމަށް ފަހު އެސްޓީއޯއިން ހިޔާރު ކުރާ ފަރާތަކާއެކު އެއްބަސްވުމެއް ހެދި އަމަލު ކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން