Friday, November 13
ހެލްތު އެވެއަރނަސް ޕްރޮގްރާމްތައް ހިންގަން ޕީއެސްއެމްއާއި އެކު މަޝްވަރާކޮށްފި

ޞިއްހީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ޕްރޮގްރާމްތައް ހިންގުމަށް މިނިސްޓްރީ އާއި ޕަބްލިކް ސަރވިސް މީޑިއާ ( ޕީއެސްއެމް ) އިން މަޝަވަރާކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވަނީ ރައްޔިތުންނަށް ޞިއްޚީ ކަންކަމާއި، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ކުރައްވަމުންދާ މަަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދެވޭނެ ޕްރޮގްރާމްތަކެއް ފެށުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށްމިނިސްޓްރީން މައުލޫމާތުދެއެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެގޮތުން މުޖުތަމައުގައި ހުންނަ ޞިއްޙީ ނޭދެވޭ އާދަތަކުން ދުރުވުމަށް މީހުން ހޭލުންތެރި ކުރުމާއި، ޞިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުންގެ މަސައްކަތާއި، ޞިއްހީ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ދަރިވަރުންނަށް، ކުރިއަށް ދެވޭނެ ދާއިރާތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުމާއި ގުޅޭގޮތުން މިނިސްޓްރީ އާއި ޕީއެސްއެމް ގުޅިގެން ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ވަނީ މަޝަވަރާކުރެވިފައެވެ.

މި ބައްދަލުމުގައި ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިނގް ޑިރެކްޓަރ އިބްރާހީމް ނަސްރީން  ވަނީ ޕީއެސްއެމްގުޅިގެން ރައްޔިތުންނަށް ބޭނުންވާ ހެލްތް ދާއިރާގެ ޕްރޮގްރާމްތަކާއި އެހެނިހެން ކަންކަން ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި މިއަހަރަކީ ޕީއެސްއެމް އިން ވެސް ވަރަށް ބޮޑެތި ޤައުމީ މުހިންމު ކަންކަން ގެނެސްދިނުމަށް ރޭވިފައިވާ އަހަރެއް ކަމުން ދުރާލާ ރާވައިގެން ޕްރޮގްރާމްތައް ގެނެސްދިނުމަށް މަގު ފަހިކުރުމަށް ބައްދަލުވުން ވަރަށް މުހިންމު ކަަމަށެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީ ގެ އިސްވެރިންނާއި ޕަބްލިކް ސަރވިސް މީޑިއާގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު