Saturday, October 31
އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ޅ. އަތޮޅަށް ފުޅާކޮށްފި
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ޅ. އަތޮޅަށް ފުޅާކޮށްފިއެވެ. މިގޮތުން ޑީއެންއާރުން މިއަދު ހާމަކުރި ގޮތުގައި އައިޑީ ކާޑު ޕްރިންޓުކުރުން ލާމަރުކަޒުކޮށް، ފާދިއްޕުޅޮ ރަށްރަށަށް ވީހާވެސް ގާތުން އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެ އިދާރާއާއި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރެވިފައެވެ. މިއީ މާލެއިން ބޭރުގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފޯރުކޮށްދޭ 13 ވަނަ ތަނެވެ. ޑީއެންއާރުން ވަނީ މިކަމުގައި ޅ. އަތޮޅު ކައުންސިލްގެ ރައީސާއި ކައުންސިލް މެންބަރުން ފޯރުކޮށްދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު