ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން ބުނީ ރޭ 9:40 ހާއިރު ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ދެ މީހަކު މާރާމާރީ ހިންގާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
މި މާރާމާރީގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓު ވެފައިވަނީ ދެ ސައިކަލެވެ. އަދި ސައިކަލު ދުއްވަން ތިބި މީހުން އެކަކު އަނެކަކުގެ ގައިގައި ތަޅައި މާރާމާރީ ހިންގާ މަންޒަރުވެސް ވީޑިއޯ އިން ފެނެއެވެ.
މި ލިޔުން ކިޔާލުމުން