Friday, November 13
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހުން: މެޑަމް ސާޖިދާ އެ އަމަލު ކުށްވެރިކުރައްވައިފި
އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ގެ ގަޔަށް ރޭ ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ. މަރިޔަމް ޒުބެއިރުގެ ގަޔަށް ބަޔަކު ކަޅޫތެޔޮ ޖެހީ އޭނާ ރޭގެ މުޒާހަރާ ނިންމާފައި ގެއަށް ސައިކަލުގައި ދިޔަ މަގުމަތީގައި ކަމަށް އޭނާ ބުނެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށް ފުލުހުން ދަނީ ތަހްގީޤް ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެފަދަ ހަމަލާތަކާއި ފުރައްސާރަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށް ވިދާޅުވެފައެވެ.
'' ރޭގައި އެމް.ޑީ. ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން އަޅުގަނޑު އެންމެ ހަރުކަށު ޢިބާރާތުން ކުށްވެރިކުރަމެވެ. އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއްނޫނެވެ. މިވަތުތުގައި ކަންކަން ހަލަބޮލި ނުކުރައްވާ، އިންޞާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ'' މެޑަމް ސާޖިދާ ގެ ޕޯސްޓް ގައި ވިދާޅުވެފައިވެއެވެ.
އަދި މިފަދަ ވަގުތެއްގައި ކަންކަން ހަލަބޮލި ނުކޮށް، އިންސާފު ގާއިމް ކުރަން ޖާގަ ދިނުމަށް މެޑަމް ސާޖިދާ މުޙައްމަދު ވަނީ އިލްތިމާސްކޮށްފައެވެ. ފަސްޓް ލޭޑީ ވިދާޅުވީ، އެއްވެސް މީހަކަށް ހަމަލަދީ އުނދަގޫ ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު