އާދިއްތަ, November 1
ފަޒީން ބްރޯޑްކާސްޓިން ކޮމިޝަނުން އިސްތިއުފާ ދީފި
ޖިންސީ ގޯނާގެ މައްސަލައިގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް, މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލަމުން ދަނިކޮށް، އެ ތުހުމަތުތަކަށް އިންކާރުކުރުމަށް ފަހު މިއަދު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ފަޒީންގެ އިސްތިއުފާ ސިޓީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު ވަނީ ހުށަހަޅުއްވާފައެވެ.

އެ ސިޓީގައި އޭނާ ވިދާޅުވީ ބްރޯޑްކޮމްގެ މެންބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާއެކު، ވަކިފަރާތަކަށް ނުޖެހި އަދާކުރުމަކީ މިހިނދަށް ވެވެން ނެތް ކަމެއްކަމުގައި ދެކޭތީ އެ މަގާމުން އޭނާ އިސްތިއުފާދީފައިވާ ކަމަށެވެ.

އިސްތިއުފާގެ ސިޓީއާއެކު ފަޒީންގެ ގާނޫނީ ވަކީލު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މެންބަރުކަމުގެ ސުލޫކީ މިންގަނޑާ ޚިލާފުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި އޭނާ ވަކި ކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެގޭ ކޮމެޓީން ދަނީ ކުރަމުންނެވެ.  

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު