Friday, November 13
މުރަކަ އާލާކުރުމަށް 1.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފ
ރާއްޖޭގައި މުރަކަ ދިރުވާ އާލާކުރުމަށް 1.5 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށައިފިއެވެ. "ރީފް ސީޑް" ގެ ނަމުގައި ފެށި މި މަޝްރޫޢަކީ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްއާއި އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސްގެ އިތުރުން ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަނާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ތިން އަހަރު ދުވަހަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ ފަރުތަކުގައިވާ ގާ ހުދުވުމުގެ މައްސަލަ ހައްލުކުރުމަށް ފެށި މަޝްރޫއެއް ކަމަށެވެ.މީގެ އިތުރުން މިއީ ގާ ހުދުވުމުގެ މައްސަލައަށް ހައްލު ހޯދާ އެކަމަށް ދިރާސާތައް ހެދުމަށް މުހިންމު މަޝްރޫއެއް ކަން މިނިސްޓްރީން ފާހަގަކުރެއެވެ. މި މަޝްރޫޢު އިފްތިތާހްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު ރައްކާތެރިކުރުމުގެ މަސައްކަތްތައް ކުރިއެރުވުމަށް ކުރިއަށް ގެންދާ މިފަދަ ނިޒާމަކަށް ޒުވާނުންގެވެސް ޝައުގުވެރިކަން ހުންނާނެ ކަމަށެވެ. މި މަޝްރޫޢުގައި ބޭނުންކުރާނީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުރަކަ ދިރުވައި އާލާކުރުމަށް އޮސްޓްރޭލިޔާއިން ތައްޔާރުކޮށްފައިވާ ނިޒާމެކެވެ. މި ނިޒާމު ޤާއިމުކޮށްފައިވަނީ އެމްއެމްއާރުއައި މެރިން ރިސަރޗް އިންސްޓިޓިއުޓް ޤާއިމުކޮށްފައިވާ ކ. މަނިޔަފުށީގައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގެ އިތުރުން މެރިން ރިސާރޗް އިންސްޓިޓިއުޓް، އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް މެރިން ސައިންސް އަދި އޮސްޓްރޭލިއަން ހައިކޮމިޝަންގެ އިސް ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު