Friday, November 13
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރ އިންޑިއާއަށްވަޑައިގެންފި

އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ '"ރައިސީނާ ޑައިލޮގްގެ"' 10 ވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓްރު ޑރ. އަބްދުﷲ ޚަލީލް ރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ޚަލީލް ކުރައްވަނީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

ފޯރަމްގައި، މޫސުމީ ބަދަލުތަކަށް ހޭނުމަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން ބާއްވާ ޕެނަލް ޑިސްކަޝަންއެއްގައި އޭނާ ވާހަކަ ދައްކަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްވަރާގައި މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވެފައިވާ ނާޒުކު މައްސަލަތަކާ ބެހޭގޮތުން ޚަލީލް ވާހަކަ ދައްކަވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ރައިސީނާ ޑައިލޮގްއަކީ އިންޑިއާގައި ހިންގާ ތިންކްޓޭންކްއެއް ކަމަށްވާ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާއި އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އަހަރަކު އެއްފަހަރު ބާއްވާ، ބައިނަލްއަގުވާމީ ސިޔާސަތާއި ސްޓްރެޓެޖިކް މަޝްވަރާތަކަށް ޚާއްޞަކޮށްފައިވާ އެންމެ މަތީ ފަންތީގެ ފޯރަމެވެ.

އެ ފޯރަމްގެ ހަވާސާގައި ޚަލީލު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވާނެކަން ފޮރިން މިނިސްޓްރީން ފާހަގަކުރިއެވެ.

އެ ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އަޙްމަދު ސުޒިލްއާއި ޑިރެކްޓަރު ޢާއިޝަތު ޝަހުލާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ފޮރިން މިނިސްޓަރ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު