Monday, November 2
މަސް ބަންދުކުރާ ކާރުޚާނާ ހުޅުމާލޭގައި އަޅަން މިފްކޯއިން ނިންމައިފި

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި އަޅާ މަސް ބަންދުކުރާ ކާރުޚާނާ ހުޅުމާލޭގައި އެޅުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ (މިފްކޯ) އިން ނިންމައިފިއެވެ. މި ނިންމުމަކީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ގުޅިގެން ހުޅުމާލެއިން ބިމެއް ލިބުމާ ގުޅިގެން އައި ބަދަލެކެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކުރިން މި ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވީ ކަނޑުއޮތްގިރީގައެވެ. ނަމަވެސް ހުޅުމާލެއިން ބިން ލިބުމާ ގުޅިގެން ކަނޑުއޮތްގިރި ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. ހަމައެހެންމެ ކަނޑުއޮތްގިރިއަކީ މިފްކޯގެ ގިނަ އުފެއްދުންތަކެއް ތައްޔާރުކުރުމަށް ބޭނުންކުރަމުން އައި ރަށެއްކަމަށްވީ ނަަމަވެސް މިދިޔަ އަހަރުގެ އޯގަސްޓް މަހު ކެބިނެޓުގެ މަޝްވަރާއިން ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ވަނީ ނިންމާފައެވެ

މި ފެސިލިޓީ އެޅުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބިން ހަމަޖައްސައިދީފައެވެ.

މި މަޝްރޫޢަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން 65 މިލިއަން ޑޮލަރުގެ ލޯނު އެހީ ވަނީ ހަމަޖެހިފައެވެ. މި ފެސިލިޓީއަކީ ދުވާލަކު 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ލިބިގެންވާ ފެސިލިޓީއެކެވެ.

މިފްކޯއިން ފާހަގަކުރެއްވި ގޮތުގައި، މި ވަގުތު މަޝްރޫޢު ފެށުމަށްޓަކައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި މި ފެސިލިޓީ މެދުވެރިކޮށް ފަސޭހަކަމާއެކު މަސް ޕްރޮސެސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މިފްކޯގެ އުންމީދެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު