Monday, November 2
މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން އާރްޑީސީއާއެކު ސޮއިކޮށްފި

އއ. މާޅޮހުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި އާރުޑީސީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި އާރުޑީސީގެ އެމްޑީ ބިރިގޭޑިޔާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު ސޮއިކުރެއްވިއެވެ.

މި މިސްކިތަކީ ޒަމާނީ ވަސީލަތްތަކާއެކު އެޅޭ މިސްކިތެއް ކަމަށްވާއިރު، މީގައި ޤުރުއާން ކިޔަވައިދޭ ކްލާސްރޫމަކާއި ކުޑަ ލައިބްރަރީއެއް ހިމެނޭނެއެވެ. އިސްލާމީ ވުޒާރާގެ އަމާޒަކީ މި ޤުރުއާން ކްލާސްތައް ޤައުމީ މަރުކަޒުގެ ދަށުން ހިންގުމެވެ.

"މި ގާއިމް ވެގެންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގައި ގުރުއާން ކިޔަވައި ދެވޭނެ ކްލާސް ރޫމަކާއި، އަދި ފޮތް ކިޔަން ތިބެވޭނެ ގޮތަށް ކުޑަ ލައިބްރަރީއެއް ހިމެނޭ ގޮތަށް މި މިސްކިތް ބިނާ ކުރެވިގެންދާނެ," ވަޒީރު ޑރ ޝަހީމް

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅާ އެއްގޮތަށް ބިނާކުރެވޭ މިސްކިތެކެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވިގޮތުގައި، އިސްލާމީ މަރުކަޒުތަކާއި ގުރުއާން ސެންޓަރުތަކާއި މިސްކިތްތަކުގައި ގާއިމުކުރެވޭ ކްލާސްރޫމްތަކުގައި ގުރުއާން ކިޔަވައިދެވޭނެ ގޮތެއް ނެތްނަމަ، މުސްތަގުބަލުގައި ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްގެން ވެސް ކީރިތި ގުރުއާން އުނގަންނައިދެވޭނެ ނިޒާމެއް ގާއިމުކުރުމަށް ރޭވިފައިވެއެވެ.

"މިއަހަރުގެ ތެރޭގައި ވެސް 7 ރަށަކަށް ރާއްޖެއިން ބޭރުން މުދައްރިސުން ގެނެސްފައިވާނެ," ވަޒީރު ޑރ ޝަހީމް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު