Saturday, October 31
ޚަރަދުތައް ކުޑަވެ ދައުލަތުގެ އާމްދަނީ އިތުރުވަމުންދާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި

ދައުލަތުގެ އާމްދަނީ އިތުރުވެ، ޚަރަދުތައް ކުޑަވަމުންދާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ޚަރަދުބަރަދުގެ ތަފްސީލު އަންގައިދޭ މާލީބަޔާނުންނެވެ.

މި ބަޔާނުގައިވާ ގޮތުން، މާރޗް މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޚަރަދުތައް ހުރީ 5.7 ބިލިއަން ރުފިޔާގައެވެ. މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުންދާކަމުގެ ހެއްކެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

އާމްދަނީގެ ބޮޑު ބައެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ.

  • ޓެކްސް އާމްދަނީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ލިބިފައި
  • ނޮން-ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ
  • އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިން، 3.2 ބިލިއަން ރުފިޔާ

ޚަރަދުތަކަށް ބަލާއިރު، ޚަރަދުވެފައިވަނީ:

  • ރިކަރަންޓް ޚަރަދުގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ،
  • ކެޕިޓަލް ޚަރަދުގެ ގޮތުގައި 394.6 މިލިއަން ރުފިޔާ
  • މުސާރައާއި ޕެންޝަނަށް 2.4 ބިލިއަން ރުފިޔާ
  • އިދާރީ ޚަރަދުތަކުގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޖުމްލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާ އަދި ޖުމްލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު