މިހާރު އިންސްޓޯލްމަންޓަށް ގަންނަ ސައިކަލް، ގަންނަ މީހާއަށް ރަޖިސްޓްރީ ކުރުމަށް ވެރިފައި ކުރަނީ މިނިސްޓްރީން އެމީހާއަށް ވީޑިއޯ ކޯލް އެއް ކޮށްގެންނެވެ. ނަމަވެސް މިކަން ކުރާނެ ވަކި އިތުރުގޮތެއް މިނިސްޓްރީން އަދި ނިންމާފައި ނުވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިނިސްޓްރީން އެއްގަމު އުޅަނދުގެ ވިޔަފާރި ކުރާ ފަރާތްތަކާއި އެކު ކުރިއަށް ދިޔަ މަޝްވަރާގައި އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ މަރުޙަލާގައި، އުޅަނދު ވިއްކާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރެވުނެވެ.އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ މަރުޙަލާގައި، އުޅަނދު ވިއްކާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް އެފަރާތްތަކާއެކު ބައްދަލުވުމެއް މިއަދު މި މިނިސްޓްރީގައި ބާއްވައިފިއެވެ. pic.twitter.com/9UwGzs7vgB
— Ministry of Transport and Civil Aviation (@MoTCAmv) March 15, 2025
މިނިސްޓްރީން މިދިޔަ ހަފްތާގައި އެލައިޑް އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ އާއި ބައްދަލުކުރައްވައި، ތަރޑް ޕާޓީ އިންޝުއަރެންސް ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.މިނިސްޓަރ މުޙައްމަދު އަމީން އަދި މިނިސްޓްރީގެ އިސް އޮފިޝަލުން އެލައިޑް އިންޝުއަރެންސްގެ މެނޭޖިންގ ޑިރެކްޓަރ އާއި ބައްދަލުކުރައްވައި، ތަރޑް ޕާޓީ އިންޝުއަރެންސް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. pic.twitter.com/bfrUOtbhRE
— Ministry of Transport and Civil Aviation (@MoTCAmv) March 12, 2025






