Tuesday, November 10
މޯލްޑިވިއަންގެ ދަތުރުތައް ހަނިމާދޫ އިން ބެންގަލޫރަށް

އަންނަ މެއި މަހު 15 ވަނަ ދުވަހުން ފެށިގެން ޤައުމީ އެއަރލައިން މޯލްޑިވިއަނުން ހަނިމާދޫއާއި ބެންގަލޫރާ ދެމެދު ދަތުރުތައް ފަށަން ނިންމައިފިއެވެ.

މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އުތުރު އަތޮޅުތަކުން އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށާއި އަދި އިންޑިއާއިން ވެސް ރާއްޖެއަށް ފަތުރުވެރިން އައުމަށް މި ދަތުރުތަކުގެ ސަބަބުން އެހީތެރިވެދޭނެކަމަށް އެ މޯލްޑިވިއަނުން ބުނެއެވެ.

މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި ދަތުރުތަކަށް ޓިކެޓް ބުކް ކުރެވޭނެއެވެ. މޯލްޑިވިއަނުން ހަނިމާދުއާއި ބެންގަލޫރާ ދެމެދު ހަފްތާއަކު ދެ ދަތުރު ކުރަން ނިންމައިފައިވާއިރު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުއެވެ.

މިހާރުވެސް ހަނިމާދޫއިން ޓްރިވެންޑްރަމަށް މޯލްޑިވިއަނުން ދަތުރުކުރެއެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފުޅާކޮށް، ވީހާ ވެސް ގިނަ ބައިނަލްއަޤްވާމީ މަންޒިލްތަކަށް ދަތުރުކުރުމަކީ މި ސަރުކާރުގެ ބޮޑު އަމާޒެކެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވަނީ ވައިޑް-ބޮޑީ އެއާރކްރާފްޓް ރާއްޖެ ގެނެސްފައެވެ. އެ ބޯޓުން އިތުރު މަންޒލްތަކަށް މިހާރު މޯލްޑިވިއަން ވަނީ ދަތުރުތައް ފަށާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު