Monday, November 2
މ. ނާއިންފަރުއާގެ 8 މިލިއަން ރުފިޔާއަށް ވިއްކުމަށް އަލުން އިއުލާންކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، މާލޭގެ މ. ނާއިންފަރުއާގެ 8 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާންކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި، މި ގޯއްޗަކީ 792 އަކަފޫޓުގެ ބޮޑުމިނުގެ ގޯއްޗެކެވެ. އަދި މި ގޯތި ނީލަން ފަށާ އަގަކީ 8 މިލިއަން ރުފިޔާއެވެ.

ނީލަމަށް އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާރިޗު 24 ވަނަ ދުވަހުގެ މެންދުރު 12:00 ގައެވެ. މުއްދަތު ހަމަވާއިރު ނީލަމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެވަގުތު ހާޒިރުވެ ތިބި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި، އެންމެ މަތީ އަގު އިޢުލާންކުރެވޭނެ ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.

ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު ބޭންކުގެ ވެބްސައިޓް .މިލިންކް  ގައި އިޢުލާންކުރެވޭނެއެވެ. އަދި ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާންކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާންކުރެވޭ ތާރީޚުން ފެށިގެން ޖެހިޖެހިގެން 5 ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.

މި ނީލަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ ވެބްސައިޓުން އެ މަޢުލޫމާތު ލިބެން ހުންނާނެ ކަމަށް ބޭންކުން ފާހަގަކޮށްފައިވެއެވެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު