ތިނަދޫ ސިޓީ ކައުންސިލްގެ އައުއޮފީސް ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ތިނަދޫ ސިޓީ ކައުންސިލުން ކުރި އިޢުލާނެއްގައި ވަނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރީކޮށް، މަޢުލޫމާތު ސާފުކުރުމަށްފަހު އެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައެވެ.
ސިޓީ ކައުންސިލުން ބުނީ މިކަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 08 އޭޕްރިލް 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ސިޓީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ނުވަތަ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
އެ އިޢުލާންގައިވާ ގޮތުން މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 އޭޕްރިލް 2025 ވާ ހޯމަ ދުވަހުގެ 11:30 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މި ލިޔުން ކިޔާލުމުން