Tuesday, November 17
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ ކެނަބިސް އަތުލައިގެންފި
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނީ މިއަދު އަތުލައިގެންފައިވަނީ އެއް ކިލޯގެ ކެނަބިސް ކަމަށެވެ. މި ތަކެތީގެ ބަރުދަނުގައި ޖުމުލަ 1،097 ގުރާމު ހުރި ކަމަށް އެ އިދާރާއިން ބުނެއެވެ. މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. ކަސްޓަމްސް އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުވެސް ކަނޑު މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. މިގޮތުން 2138 ގުރާމު މެތަމްފެޓަމިނާއި، 1086 ކެޓަމިން އަދި 310 ހެރޮއިނާއެކު އެ ތަކެތީގެ ބަރުދަނުގައި 3.5 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ހާމަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު