އާދިއްތަ, November 1
ނަރީޝް އަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު ގެ މަޤާމް

މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް، މިނިސްޓަރެއްގެ ފެންވަރުގައި، މިނިސްޓްރީ އޮތް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއަށް އައްޔަނުކުރައްވައިފިއެވެ.

ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި އެ މިނިސްޓްރީގައި އަދާކުރައްވާނީ، މިހާރު މިނިސްޓަރު ކަމުގައި ހުންނެވި އިބްރާހީމް ވަހީދުގެ އެޑްވައިޒަރެއްގެ ދައުރެވެ.

ނަރީޝް އެ މަޤާމަށް އައްޔަނުކުރެއްވިކަން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ.

މާލޭ ސިޓީ ކައުންސިލްގައި ނަރީޝް ތަމްސީލުކުރެއްވީ މާފަންނު މެދު ދާއިރާއެވެ. ނަރީޝް މިދިޔަ ހަފްތާ އެ މަޤާމުން އިސްތިއުފާދެއްވީ، ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރައްވަން ކަމަށް ވިދާޅުވެއެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާ ދެއްވުމުން މިއަދު ވަނީ އެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު