Saturday, November 14
ކިޑްނީ ބަލި މީހުންނަށް ރޯދަ ހިފޭނެތަ؟
ދުނިޔޭގެ ކިޑްނީ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، ކިޑްނީ ބަލީގައި އުޅޭ މީހުންނަށް ކިޑްނީގެ ބައްޔާއި ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި ދެކެވި އެކަމުގެ ތެރޭގައި އުޅޭމީހުންނަށް ހިތްވަރުދީ އެކަމުގެ މައުލޫމާތު ދިނުމެވެ. ކޮންމެ އަހަރެއްގެ މާރޗް މަހުގެ ދެވަނ ބުރާސްފަތި ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކިޑްނީ ބަލީގެ ހޭލުންތެރިކުރުމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކިޑްނީ ދުވަހާއި ގުޅިގެން ހެދިފައިވާ ޝިޢާރަކީ ކިޑްނީ ތިބޭފުޅުންގެ ރަނގަޅު ތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމެވެ. އަދި އެމީހެއްގެ ކިޑްނީގެ ހާލަތަކީ ކޮބައިތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލުމެވެ. އަދި އެމީހެއްގެ ކިޑްނީގެ ހާލަތަކީ ކޮބައިތޯ ބެލާ ކުރީބައިގައި ދެނެގަނެ އެ ކިޑްނީ ރައްކާތެރިކޮށް ސަލާމަތްތެރިކޮށް ބެހެއްޓުމަށްޓަކައި ކުރެވެން ހުރި މަސައްކަތެއް ކުރުމެވެ. އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް، ސަބް ސްޕެޝިއަލިޓީ އިން ނެފްރޮލޮޖީ، ޑޮކްޓަރ އިބްރާހީމް ޝިހާމް ވަނީ ކިޑްނީ ބަލި ކޮންޓްރޯލްގައި ބެހެއްޓުމަށް ކުރެވިދާނެ ކަންކަން ކިޔައި ދެއްވާފައެވެ. މީގެ ތެރޭގައި އެއްވެސް އެމީހެގެ ގައިގައި އެއްވެސް ކަހަލަ އަލާމާތެއް ނެތް ކަމުގައި ވީނަމަވެސް ، އެއީ ކީޑްނީ ބައްޔަކީ ގިނަ ފަހަރަށް އަމާމާތްތައް ހުންނަ ބައްޔެއް ނޫން ނެވެ. އެހެން ކަމުން އެއްވެސް އަލާމާތެއް ނެތަސް ކިޑްނީ ބައްޔަށް ހުންނަ ރިސްކް ތަކަކީ ކޮބައިކަން ދެނަގަނެ އެގޮތަށް މަސައްކަތް ކުރުމަށް ޑޮކްޓަރ އިރުޝާދު ދެއްވައެވެ. އެގޮތުން ހަކުރު ބަލި ހުންނަ މީހަކު ހަކުރު ކޮންޓްރޯލް ކުރެވިފައި ހުންނަ ނަމަ ރިސްކް ކުޑަވާނެ ކަމަށް ޑޮކްޓަރ އިބްރާހީމް ޝިހާމް ފާހަގަކުރައްވައެވެ. މިގޮތަށް ތިމާގެ ހުންނަ އެހެން ބަލިތައް ކޮންޓްރޯލް ކުރެވިއްޖެ ނަމަ އެއީ ކިޑްނީ ބަލީން ރައްކާތެރިވުމަށް އެޅޭ ފިޔަވަޅެކެވެ.
ކިޑްނީ ބަލީގެ މީހުން ރޯދަ ހިފުން ރަނގަޅުތަ؟
މި ސުވާލުގެ ޖަވާބުގައި އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް، ސަބް ސްޕެޝިއަލިޓީ އިން ނެފްރޮލޮޖީ، ޑޮކްޓަރ އަހްމަދު އަބުދުﷲ ވިދާޅުވަނީ ކިޑްނީގެ މަސައްކަތް އެއްވަރެއްގައި ހުންނަ މީހުންނަށް ރޯދަ ހިފޭނެ ކަމަށެވެ. އެީ ޓްރާންސްޕްލާންޓް ކުރަމުންދާ މީހަކު ކަމުުގައި ވިޔަސް، އަދި ކިޑްނީގެ މަސައްކަތް ދަށްވެފަައި ހުންނަ މީހެއް ކަމަށްވިޔަސް، ޑޮކްޓަރެއްގެ އިރުޝާދާއި އެކު ރޯދަ ހިފުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް، ސަބް ސްޕެޝިއަލިޓީ އިން ނެފްރޮލޮޖީ، ޑޮކްޓަރ އަހްމަދު އަބުދުﷲ ވިދާޅުވިއެވެ. މިއަހަރުގެ ކިޑްނީ ދުވަހުގެ ޝިއާރަކީ ކިޑްނީ ބަލި ހުންނަ ރިސްކްތައް ބެލުން މިއެވެ. ޑޮކްޓަރ ލަފާ ދެއްވަނީ ރަމަޟާން މަސް ކަމަށް ވިޔަސް، ކެއިން ބުއިމުގެ ކަންކަން ބަދަލުވިޔަސް ރޯދަ މަސް ތެރޭގައިވެސް، ހަކުރުބަލި ހުންނަ މީހުން، ލޭ މައްޗަށް ދާމީހުން އަދި މިފަދަ ބައްޔެއް ނެތަސް ހެޔޮ ރަނގަޅު އެއްޗިހި ކެއުމުގައި ބޭނުން ކުރުން މުހިންމެވެ. އެގޮތުން ކެއުމުގައި ލޮނު މަދުކޮށް ހަކުރުތައް މަދުކޮށް ކެއުންތައް ބެހެއްޓުން މުހިންމު ކަމަށް ޑޮކްޓަރ އަހްމަދު އަބުދުﷲ ވިދާޅުވިއެވެ. ޑޮކްޓަރ ލަފާދޭ ގޮތުގައި މިފަދަ ބަލި ހުންނަ މީހުން ރޭގަނޑު ކެއުމުގައި ފެނުގެ ބާވަތްތައް ބޭނުން ކުރުން މުހިންމެވެ. އެގޮތުން ދިޔާ އެއްޗިހި ބޭނުންކުރުމާއި ހާރު ކެއުން ވީހާވެސް ލަސްކުރުން ފަދ ކަންކަމަށް އިސްކަން ދީގެން ރޯދައިގެ ކަންކަން ކުރިއަށް ގެންދިއުން މުހިންމު ކަމަށް ޑޮކްޓަރ އަހްމަދު އަބުދުﷲ ކިޔައިދިނެވެ.
ކިޑްނީ ރަނގަޅުތަ؟
އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ދުވަހެއް ދުވަހެއް ދަނީ ކިޑްނީ ބަލީ ހުންނަ މީހުން އިތުރުވަމުންނެވެ. އެގޮތުން ކިޑްނީ ބަލީގައި ކިޑްނީފެއިލްވެ، ޑަޔަލިސިސް ހަދާ މީހުންވެސް ދުވަހެއް ދުވަހެއް އިތުރުވަމުން އަންނަ ކަމަށް އައިޖީއެމްއެޗް އިން މައުލޫމާތުދެއެވެ. ކިޑްނީ ބައްޔަށް ހައި ރިސްކް މީހުންގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުން، ލޭ މައްޗަށް ދާ މީހުން ގަވާޢިދުން ކިޑްނީ ބައްޔަށް ސްކްރީން ކުރުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން ކިޑްނީ ބައްލި ތަހައްމަލް ކުރާ ފަރާތްތަކުން ގަވާއިދުން ޑޮޮކްޓަރަށް ދެއްކުމާއި، ޑަޔަލިސިސް ހަދަން ޖެހޭ ގަޑިއަށް ހޮސްޕިޓަލަށް ދިއުމާއި ބޭސްކއުމާއި ކަސްރަތުކުރުން މިއީ ވަރަށް މުހިންމު ކަމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު