Friday, November 13
ހުރިހާ ރަށަކަށް ކުނި މެނޭޖްކުރަން އިކުއިޕްމަންޓާއި އުޅަނދު މިއަހަރު ފޯރުކޯށްދެވޭނެ: މިނިސްޓްރީ
ރަށްރަށުގައި ޤާއިމު ކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައް މިހާރު ނެތް ހުރިހާ ރަށަކަށް މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ހާމަކޮށްފިއެވެ. މިނިސްޓްރީން މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ ކުނި މެނޭޖް ކުރުމުގެ ވަސީލަތް ޤާއިމްނުކުރެވޭ 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުން ތޯރިޤް އިބްރާހީމް ވިދާޅުވީ މި މަސައްކަތަކީ ތިމާވެށީގެ އިތުރުން ލޯކަލް ޓޫރިޒަމަށްވެސް މުހިއްމު މަސައްކަތެއް ކަމަށާއި ރަށްރަށުގައި ލޯކަލް ޓޫރިޒަމް ތަރައްޤީވެގެންދާއިރު ރަށްރަށުގެ ސާފުތާހިރުކަން ވަރަށް މުހިއްމު ދައުރެއް އަދާކުރާނެކަމަށެވެ. މިހާރު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާއި ވަނީ ޙަވާލުކުރެވިފައެވެ. މިނިސްޓްރީން ވިދާޅުވީ ބާކީ ހުރި ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް މިނިސްޓްރީން ޤަބޫލުކުރާ މިންގަނޑަށް ޤާއިމުކުރެވިފައިވާކަމަށެވެ. ރޭވިފައިވާގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މިއަހަރު ފަހު ކުއާޓަރގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. މިދިޔަ އަހަރުގެ ތެރޭގައި 17 ރަށެއްގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު