Monday, November 2
މަންދީ އާއި ޝިއުނާ ފުލުހަށް ހާޒިރުވާން އަންގައިފި

އިދިކޮޅު އެމްޑީޕީން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ބޭއްވި މުޒާހަރާއާ ގުޅިގެން، އެ ޕާޓީގެ ދެ އެކްޓިވިސްޓުން ކަމަށްވާ މަރިޔަމް ޒުބައިރާއި ފާތުމަތު ޝިއުނާ ފުލުހަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފި އެވެ.

ފުލުހުން މިއަދު ފޮނުވި ޗިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ދެ އެކްޓިވިސްޓުން ހާޒިރުކުރަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވެ އަޑުގަދަކޮށް މުޒާހަރާކުރުމާއި، އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ހަރަކާތްތެރިވުމާއި، ފުލުހުންގެ ދައުރަށް ހުރަސްއެޅުމުގެ ތުހުމަތުގެ މައްސަލައިގައި ތަހުގީގަށް ބަޔާން ނެގުމަށެވެ. މި ދެ އެކްޓިވިސްޓުން ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވާން އަންގާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.

މުޒާހަރާގެ ތެރޭގައި މަރިޔަމް ޒުބައިރު ދައްކާފައިވާ ވާހަކަތަކުތެރޭގައި، ރާއްޖޭގައި ވޭޕް މަނާކުރީ ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލުންގެ ސަބަބުން ކަމަށްކުރި ތުހުމަތާ ގުޅިގެން، ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ މަންދީއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ މައްޗަށް ދަޢުވާކުރުމަށް ނިންމަވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު