Saturday, October 31
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މާލޭގައި ބޮޑު ހަރަކާތެއް ހިންގަން ފަށައިފި

ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް "މަދަދުވެރި ހިތަކުން" ގެ ނަމުގައި މާލޭގައި ބޮޑު ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ އެމްއެންޔޫއެސްޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީއެސްއޭ) އާއި އެމްއެންޔޫއެސްޔޫ އާއި ތަރަހަ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

އެފްއީއެސްއޭގެ ރައީސާ އައިޝަތު މައީޝާ ހާތިމް ވިދާޅުވި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. "އަސްލު މި ބަރަކާތްތެރި ރޯދަ މަހުގައި އެ ހަރަކާތް އަޅުގަނޑުމެން ހިންގަނީ ހާއްސަކޮށް މި މާތް މައްސަރުގައި ކުރިއަށް ގެންދިއުމަށް ވަރަށް ރަނގަޅު ކަމަކަށްވާތީ،" މައީޝާ ވިދާޅުވިއެވެ.

މި ހަރަކާތް ކުރިއަށް ގެންދާނީ ރޯދަ މަހުގެ ބާކީ އޮތް ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު އިސްލާމިކް މަރުކަޒާއި، ސަލްމާން މިސްކިތާއި، މާވެޔޮ މިސްކިތުގައި ކަމަށް މައީޝާ ހާމަކުރެއްވިއެވެ. އަދި މި ތިން މިސްކިތުގައި ހުކުރު ވަގުތުގަޔާއި ހުކުރަށް ފަހު ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެއެވެ.

އޭގެ އިތުރުން، އީދު ދުވަހުގައި ބޮޑު ޖަމާއަތްތަކުގައި ނަމާދުކުރާ ސަރަހައްދުތަކުގައި ވެސް ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތުން ޖަމާކުރެވޭ ފައިސާ ހަވާލުކުރާނީ އިސްލާމިކް މިނިސްޓްރީއަށް ކަމަށާއި، އެ މިނިސްޓްރީ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެ ފައިސާ ފޯރުކޮށްދެވޭނެއެވެ.

މި ހަރަކާތުގެ ކާމިޔާބީއަށްޓަކައި، ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް މައީޝާ ވަނީ ގޮވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު