Tuesday, November 10
ޑޯނިއަރ ފައްތައި ޑައިވް ސެންޓަރ އިފްތިތާހް ކޮށްފި
ރާއްޖޭގެ އެތެރޭގައި ކުރިން ދުއްވަން ބޭނުންކުރި މަތިންދާ ބޯޓް އެއަރމޯލްޑިވްސް ގެ ޑޯނިއަރ މަތިންދާ ބޯޓް ފައްތައި ތާރީޚީ ޑައިވް ސެންޓަރެއް މިއަދު އިފްތިތާޙްކޮށްފިއެވެ. ޕިކްނިކް އައިލޭނޑްގެ ގޮތުގައި މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ ކުޑަގިރީގައި މިއަދު ވަނީ އެ ބޯޓް ފައްތާ "ދޫނިއަރ ރެކް" ގެ ގޮތުގައި އެ ސަރަހައްދަށް ނަންދީފިއެވެ. ހައުސިންގ ޑިލެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ ) އާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ ) ގުޅިގެން ތައާރަފުކުރި މި ޑައިވް ސެންޓަރުގެ މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމެވެ. އެޗްޑީސީން ބުނީ މިއަދު މި އިފްތިތާޙް ކުރެވުނު ޑައިވް ސެންޓަރުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް އިތުރު ކުރިއެރުން އަންނާނެ ކަމަށް ޤަބޫލުކުރައްވާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު