Friday, November 13
ފެށުނު މަޝްރޫއުތަކުން އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ: ޝަހީމް

މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުން ދިވެހިރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ  ޑރ. މުޙައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެިއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާާއި ބައްދަލު ކުރައްވާ، ރައްޔިތުން އެދިލައްވާ ގޮތަށްކަމަށެވެ. އެގޮތުން މިއަދު ސޮއިކުރެވުނު މަޝްރޫއުތަކަކީވެސް މިފަދަ މަަޝްރޫއުތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރެއިން އިސްލާމީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދަވާތީ އަދި މިކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އަހަންމިއްޔަތު ފާހަގަކުރައްވާ މި މަސައްކަތްތައް ރައީސް ވަރަށް ގާތުން ބައްލަވާތީ ރައީސްއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ މިއަދު ސޮއިކުރެވުނު މިސްކިތްތަކުގެ މަސައްކަތް ނިމިގެންދާއިރު، މިސްކިތްތަކުގައި ޤުރުއާން ކުލާސް ޤާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަށް އިމާރާތް ކުރެވޭ، އަދި ދިވެހިރާއްޖޭގެ މާޙައުލާއި ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަނީ 14 މަޝްރޫޢުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ 2 ރަށެއްގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށާއި، 1 ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތް ކުރުމުގެ އިތުރުން 11 ރަށެއްގައި މިސްކިތް އިމާރާތް ކުރުމަށެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު