Friday, November 13
ތިން ރަށެއްގެ މިސްކިތް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފި

ތިން ރަށެއްގައި މިސްކިތް އެޅުމަށް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.

އެމްޓީސީސީ  އާޢި ހަވާލުކުރެވުނު ޕްރޮޖެކްޓް

  • ހއ. ބާރަށުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް
  • ބ. މާޅޮސް 500 މީހުންގެ ޖާގައިގެ މިސްކިތެއް
  • އއ.ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް

މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކުރީ ވަނީ އެމްޓީސީއާ އެވެ. އެއީ 365 ދުވަހުގެ ތެރޭގައި މަސައް ނިންމާގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ފެނަކަ ކޯޕަރޭޝަނާއި އެކު 11 ޕްރޮޖެކްޓެއްގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި 8 ރަށެއްގައި މިސްކިތް އެޅުމާއި 2 ރަށެއްގައި ކީރިތި ގުރުއާނާއި ބެހޭ ގޮފީގެ އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު