Friday, November 13
އިސްލާމިކް މިނިސްޓްރީގެ 11 ޕްރޮޖެކްޓެއް ފެނަކައާއި ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީން ހިންގާ ބޮޑެތި މަޝްރޫޢު ތަކުގެ ތެރޭގައި ހިމެނޭ ބައެއް ބޮޑެތި ކަންކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެކު މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫއު ތަކުގެ ތެރޭގައި ލ. މާބައިދޫ އަދި ޅ. އޮޅުވެލިފުށީގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޤޮތްޕެއް ޤާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެ.

ޖުމުލަ  އެގާރަ މަޝްރޫއެއް ހިންގަން ވަނީ ފެނަކަ ކޯޕަރޭޝަނާއި އެކު ސޮއިކޮށްފައެވެ.

މި އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު އެވެ.

ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރެވުނު މަސައްކަތް

  • ލ. މާބައިދޫގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި
  • ޅ. އޮޅުވެލިފުށީގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި
  • ތ. ހިރިލަންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް
  • ސ. ފޭދޫ ހިއްކި ސަރަޙައްދުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް
  • ނ. ހެނބަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް
  • ރ. އިނގުރައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް
  • ހދ. ނެއްލައިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް
  • ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް

މި ދެރަށުގައިވެސް އިމާރާތް ކުރެވޭ ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފީގައި 3 ކުލާސްރޫމާއި ލައިބްރަރީއަކާއި ހޯލެއް ހިމެނޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން މައުލުމާތުދެއެވެ. ލ އަތޮޅާއި ތ އަތޮޅުގެ ގުރުއާނާއި ބެހޭ މަރުކަޒު ނިންމުމަށް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ތ. ހިރިލަންދޫ، ސ. ފޭދޫ ، ނ. ހެނބަދޫ، ރ. އިނގުރައިދޫ ގެ މިސްކިތް ވެސް ނިންމުމަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން ފެނަކަ އާއި ވަނީ

  • ށ. ފޯކައިދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް،
  • ތ. ވޭމަންޑޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް
  • ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް

މި މަސައްކަތް  ހަވާލުކުރީ 550 ދުވަހުން ނިންމާގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު