Monday, November 2
އަސާސީ ބޭސް "ސޯސް" ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފުރިހަމަކޮށްފި

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް "ސޯސް"ކުރުމުގެ މަސައްކަތް އެސްޓީއޯއިން ފުރިހަމަކޮށްފިއެވެ. މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ބުނީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައިވާ ކަމަށެވެ.

ރާއްޖެއަށް ކޮލިޓީ ބޭސް އަގުހެޔޮކޮށް ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ބޭސް އެތެރެކުރުމުގައި ޒަމާންވީ ނަހަމަ ވިޔަފާރިއާއި ނިޒާމީ އިސްރާފް ހުއްޓުވުމަށް ވަނީ އަމާޒު ހިފާފައެވެ. އެސްޓީއޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސައްކަތުގެ ތެރެއިން ގިނަ ބަލިތަކަށް ބޭނުންވާ ބޭސް މާރިޗު މަހު ވަނީ ރާއްޖެ ގެނެވި، ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައެވެ.

އެސްޓީއޯއިން ބުނީ މިކަމުގެ ސަބަބުން މިހާރު ދިމާވެފައިވާ ބޭހުގެ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އަދި އެކުންފުނީގެ އެންމެ ބޮޑު އެއް އަމާޒަކީ މުސްތަޤުބަލުގައި މިފަދަ ދަތިކަމެއް ތަކުރާރުނުވާނެހެން، ރާއްޖޭގެ ހުރިހާ ސަރަހައްދަކުންވެސް އަސާސީ ބޭސް މެދުނުކެނޑި ލިބެން ހުންނާނެ އިންތިޒާމު ހަމަޖެއްސުން ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.

އިތުރަށް އެސްޓީއޯއިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިމަގުގައި ޞިއްޙީ ދާއިރާގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މަތިން، އަސާސީ ބޭސްތަކުގެ އިތުރުން ރާއްޖެއަށް އެންމެ މުހިންމު އަދި ބޭނުންތެރި ބޭސްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އަދި މިގޮތުން ފާހަގަކުރެވޭ ބޭސްތައް ރާއްޖެއިން ދެމެހެއްޓެނިވި ގޮތެއްގައި، މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ްއެސްޓީއޯއިން ބުނީ، ކުރިމަގުގައި ޞިއްޙީ ދާއިރާގެ ކަމާގުޅުންހުރި މުއައްސަސާތަކާއި، ޑޮކްޓަރުންގެ އިރުޝާދާއި ލަފާގެ މަތިން، އަސާސީ ބޭސްތަކުގެ އިތުރުން ރާއްޖެއަށް އެންމެ މުހިންމު އަދި ބޭނުންތެރި ބޭސްތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިގޮތުން ފާހަގަކުރެވޭ ބޭސްތައް ރާއްޖެއިން ދެމެހެއްޓެނިވި ގޮތެއްގައި، މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތްކުރެވޭނެ ކަމަށްވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ ފަދައިން، އެމްއެފްޑީއޭގެ އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ ކޮންމެ ޖެނެރިކްއެއް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން އެސްޓީއޯއިން ވަނީ ހާމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު