Friday, November 13
ވިލިމާލޭ ގަސްއިންދުމުގެ ހަރަކާތްތުގައި 200 ގަސް އިންދައިފި

މިދިޔަ ހަފްތާގައި މާލެ އާއި ވިލިމާލޭގައި ގަސްއިންދުމަށް ހިންގި ޚާއްސަ ހަރަކާތްތުގައި 200 އަށް ވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް  މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ މީގެ ތެރޭގައި  އެއީ މޭވާ އަޅާ ގަހާއި، ހިޔާދޭ ގަސްތަކުގެ އިތުރުން މާ އަޅާގަސްތައްވެސް ހިމެނެއެވެ.

ގަސް އިންދުމުގެ ހަރަކާތަށް ތަކީ މާލެ ފެހި ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

އާޒިމް ވިދާޅުވީ މާލޭގައި ގަސް ނުއިންދައި ޒަމާން ތަކެއް ވެއްޖެ ކަމަށާއި، މިފަހަރު ވިލިމާލޭގައި މި އިންދިގެންދާ ގަސްތަކުގެ ސަބަބުން އިތުރު އާރޯ ކަމެއް ވިލިމާލެއަށް ލިބިގެން ދިއުމަކީ ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާނެ ކަމެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފަދަ އިތުރު ހަރަކާތްތައް ވިލިމާލޭގައި ކުރިއަށް ގެންދާނެ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު