Friday, November 13
ކުޑަކުދިންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަނެފައިވާތީ އެމްޑީޕީއަށް ދައުވާ ކުރަން ނިންމައިފި

އެމްޑީޕީން ރާވައިގެން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ކުޑަކުދިންގެ ރައްކާތެރިކަމާއި ކަރާމާތަށް އަރައިގަނެފައިވާތީ އެމްޑީޕީއަށް ދައުވާ ކުރަން ރައީސުލްޖުމުހޫރިއްޔާގެ އާއިލާއިން ނިންމައިފި އެވެ.

ރައީސުލްޖުމުހޫރިއްޔާގެ އާއިލާގެ ފަރާތުން ޤާނޫނީ ވަކީލު އަލްއުސްތާޛާ އައިޝަތު އާޒިމާ ޝުކޫރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަރިންގެ މަންމަ މިއަދު ނެރުއްވި ބަޔާނެގައި ވަނީ މުޙައްމަދު އުމެއިރާއި ގުޅޭގޮތުން ދެކެވޭ އަދި ތުހުމަތު ކުރެވޭ ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

މި ބަޔާނުގައި ކަންބޮޑުވުމާއި އެކު ވަނީ ދަރިފުޅުގެ ރައްކާތެރިކަމަށް އެކަމުން އަސަރުކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

ދަރިންގެ މަންމަ ގެ ހައިސިއްޔަތުން މެޑަމް ސާޖިދާގެ ފަރާތުން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސްގެ ނިންމެވުންތަކަށް އާއިލާގެ ޙައިސިއްޔަތުން އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެ ކަމަށާއި، ނަމަވެސް މި ވޭތުވެދިޔަ ދުވަސްތަކުގައި އެކި ގޮތްގޮތުން އެކަމަނާ އަދި އާއިލާއަށް އެކި ގޮތްގޮތުން ހަނގާކޮށް، ކަރާމަތް ގެއްލުވާލުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެހެންކަމުން އެކަންކަމުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ވަކީލު އާޒިމާ ވަނީ ފިޔަވަޅުތައް ތަފްސީލުކޮށްދެއްވަން ފައްޓަވާފައެވެ. އެގޮތުން އާޒިމާ ވިދާޅުވީ، ރައީސްގެ ދަރިކަލުންނަށް ނުރައްކާތައް ކުރިމަތިވާ ޒާތުގެ ކަންކަންވެސް ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ކަމަށެވެ. އެއީ ޖިނާއީ މައްސަލަތަކެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ޖިނާއީ މައްސަލަތަކެއް ހުށަހަޅައިގެން ކުރިއަށް ނުގެންދަވަން ނިންމަވާފައިވާ ކަމަށާއި، މަދަނީ ފިޔަވަޅުތައް އަޅުއްވަން ނިންމަވާފައިވާކަމަށް އާޒިމާ ވިދާޅުވިއެވެ. ޖިނާއީ ދައުވާ ކުރުމާއި ޖިނާއީ މައްސަލަތައް ކުރިއަށް ދިއުމަކީ ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރާ ކަންކަންކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

އާއިލާގެ ފަރާތުން މަދަނީ މައްސަލަ ހުށަހަޅާނީ މަރިޔަމް ޒުބައިރު، ފައްޔާޒް އިސްމާއިލް އަދި އެމްޑީޕީގެ މައްޗަށްކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ މައްސަލަ މި ފެށޭ ހަފްތާގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ އަދިވެސް ދިރާސާކުރުމުގެ ކަންކަން ކުރިއަށްދާތީ ސީދާ މައްސަލަގައި ވާހަކަ ހިއްސާ ކުރެވެން ނެތްކަމަށެވެ.

މިދިޔަ ހަފްތާއިން ފެށިގެން އެމްޑީޕީން ކުރަމުންދާ މަޒުހާރާގައި މިދިޔަ ބުދަދުވަހުގެ ރޭގެ މުޒާހަރާއިން ފެށިގެން މުޒާހަރާގައި ވަނީ ރައީސްގެ ދޮށީ ފިރހެން ދަރިފުޅާއި ގުޅޭގޮތުން ދަނީ ވާހަކަ ފަތުރަމުންނެވެ.

އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ކުށްވެރިކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙްގެ އިތުރުން ގިނަ ފަރާތްތަކުން ވަނީ އެ މައްސަލަ ބަލައި، މަންދީއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު