Monday, November 2
ފަރުތޮޅިއެއް ހަމަލާދިން ދިވެއްސަކަށް އިންޑިއާގެ ހޮސްޕިޓަލަކުން ފަރުވާދީ ސަލާމަތްކޮށްފި

ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅެނިކޮށް، ފަރުތޮޅި (ބަރަކޫޑާ)އަކުން ހަމަލާދީ ޒަހަމްކޮށްލި ދިވެއްސަކު، އިންޑިއާގެ ކޮޗީގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ ސަލާމަތްކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގުމާ ގުޅިގެން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ރާއްޖޭގައެވެ. ނަމަވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ގެންދަން ޖެހުނީ އޭނާގެ ހާލަތު ސީރިއަސްވުމާ ގުޅިގެން އިތުރު ފަރުވާ ދިނުމަށްޓަކައެވެ.

އަމްރިތާ ހޮސްޕިޓަލުގައި ކުރި އޮޕަރޭޝަނުގައި އޭނާގެ މަސްގަނޑު ތެރެއިން ފަރުތޮޅީގެ ދަތުގެ އެތިކޮޅުތަކެއް ނަގާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަދި މިހާރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ފަރުތޮޅިއަކީ މޫދުގައި އުޅޭ އެންމެ ތޫނު ދަތްތައް ހުންނަ މަސްތަކުގެ ތެރެއިން އެއް މަހެވެ. ފީނާ މީހުންގެ ފަހަތުން ގިނަ ފަހަރު ފަރުތޮޅި އުޅޭ ނަމަވެސް، މި މަހަކީ ގަސްދުގައި އިންސާނުންނަށް ހަމަލާދޭ މަހެއް ނޫން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު