Friday, November 13
މަންދީގެ ވާހަކައާއި ގުޅިގެން ފިޔަވަޅުއަޅަން އަބުދުއްރަހީމް ގޮވާލައިފި

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ސިޔާސީ ވާދަވެރިކަމުގައި ވާހަކަދައްކަމުންދާ ފަރާތްތަކާމެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ. މި ރަމަޟާން މަހު ކޮންމެ ރެޔަކު އެމްޑީޕީން ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާއި ގުޅުވައި ދޮގު އިލްޒާމު އެޅުވި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި އަބްދުއްރަހީމްވަނީ މަންދީގެ ވާހަކަތައް ކުށްވެރިކުރައްވާފައެވެ.

އޭގެ އިތުރަށް މަރިޔަމް ޒުބައިރުގެ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަަތް ނަގައިލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެކަން ކުރާ ފަރާތްތަކާމެދު ގާނޫނު ތަންދޭ އެންމެ ހަރުކށި އެޅުމަށް ގޮވައިލައްވާ ކަމަށެވެ.

މަރިޔަމް ޒުބައިރުގެ ވާހަކަތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ވާހަކަތައް ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ގިނަބަޔަކު އަންނަނީ އެކަން ކުށްވެރި ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު