Monday, November 2
ދިގުރަށު އަގުވެއްޓޭގޮތަށް މައުލޫމާތު ފެތުރުން ކުށްވެރިކޮށް ހާދިސާ ހިނގިގޮތް ސާފުކޮށްދީފި

މިދިޔަ ބުދަ ދުވަހު ބައެއް ނޫސްތަކުން ދިގުރަށު ކައުންސިލް އަދި ދިގުރަށުގެ އަގު ވެއްޓޭ ގޮތަށް ޚަބަރުތައް ގެނެސްދީފައިވާ ކަމަށާއި އެކަން ޚަބަރު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް އދ. ދިގުރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ރަށު ކައުންސިލުން ގަބޫލުކުރާގޮތުގައި، ދިގުރަށުގެ އިޙްތިސާސް ތެރޭގައި ހިނގާ އެންމެހާކަންކަމަކީ ކައުންސިލުން އެކަމުގެ ޒިންމާ އުފުލާ، އުފެއްދުންތެރި ކަމާއި ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަމުގައި ވާންޖެހެއެވެ.

ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި، ހެދިފައިވާ އުސޫލުތަކާއި، ދިވެހިންގެ ދީނާއި ސަގާފަތާއި އާދަކާދަ ރައްކާތެރިކުރުމަށްޓަކައި ހެދިފައިވާ އުސޫލުތަކާއި، ކައުންސިލުގެ އިޙްތިސާސް ތެރޭގައި ހިމެނޭ ތަންތަނުގެ ސާފުތާހިރުކަމާއި، ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހިތްހަމަޖެހޭ އުފާވެރި އަމާން މާހައުލެއް ހޯދައިދިނުމަށްޓައި ހެދިފައިވާ އުސޫލުތައް ހުންނާނެ ކަން ފާހަގަކޮށްފައިވެއެވެ.

ނޫސް ބަޔާން

https://www.gazette.gov.mv/iulaan/332393

Posted by Secretariat of the Dhigurah Council on Friday, March 14, 2025

 

އެގޮތުން މިއަހަރުގެ ޖެނުއަރީ މަހުގެ 16 ގައި ގެޒެޓް ކުރެވިފައިވާ އިޢުލާނުގައިވާ ގޮތަށް، ދިގުރަށު ބަނދަރު ފިޔަވާ އެހެން ސަރަހައްދުތަކަށް ކައުންސިލުގެ ހުއްދަ ލިބިގެން މެނުވީ އިންޖީނުލީ އުޅަނދުފަހަރު ކައިރިކުރުމަކީ، މަނާ ކަމެއްކަމުގައި ކަނޑައަޅާފައިވާ ކަން ފާހަގަކޮށްފައިވެއެވެ. އެ ކަމުގެ މަޤުސަދަކީ ބަނދަރު ފިޔަވާ ދެންހުރި ސަރަހައްދު ތަކަކީ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އާންމުކޮށް ހުރިހާ ވަގުތެއްގައި މޫދަށް އެރި އުޅޭ ސަރަހައްދުތަކަށްވާތީ އާއި، އެސަރަހައްދުތަކާއި ގުޅޭ މައުލޫމާތު އެހެން ފަރާތްތަކަށް ފަސޭހައިން ފޯރުކޮށްދެވޭނީ އެގޮތަށް ކަނޑައަޅައިގެން ކަމުގައިވާތީ ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމުގެ މާތް މަގުސަދު ވެސް އެކަމުގައި ހިމެނޭކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ރަށުގެ އެކި ސަރަހައްދުތަކަށް ފައިބާ ފަތުރުވެރިން ނިވާކަންކުޑަ ހެދުމުގައި ތިބުމަކީ ދިގުރަށު ރައްޔިތުން ވަރަށް ކަންބޮޑުވާ އަދި ނުރުހޭ ކަމަކަށްވުމާއި، މިރަށަކީ މީހުން ދިރިއުޅޭރަށެއް ކަމުން، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތަކާއި އެއްގޮތަށް ކައުންސިލުން ރަށުގެ މަސްލަހަތަށްޓަކައި، ނިވާކަން ކުޑަހެދުމުގައި އުޅޭފަރާތްތަކަށް އެކަން އިސްލާހުކުރުމަށް ނަސޭހަތްދީ ރަނގަޅުކުރުމަކީ ކައުންސިލުން އަބަދުވެސް ކުރަމުންދާ ކަމެއް ކަމަށް ކައުންސިލުން ބުންޏެވެ. މިކަމުގައި، ދިގުރަށު ގެސްޓްހައުސްތަކަށް ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ފަތުރުވެރިން އިސްތިސްނާއެއް ނުކުރެވޭކަން ވަނީ ފާހަގަކޮށްފައެވެ.

ރަށަށް ލިބިފައިވާ ޤުދުރަތީ ވަސީލަތްތަކަކީ، އެކަމުގެ މަންފާ ރަށާއި ރަށުގެ ރައްޔިތުންނަށް ލިބެންޖެހޭ ކަމަކަށްވެފައި އެފަދަ ތަންތަނަކީ ރައްކާތެރިކަމާއި އެކު ސާފުތާހިރުކޮށް ބަލަހައްޓަންޖެހޭ ތަންތަނަށްވީ ހިނދު ދިގުރަށުގެ އަތިރިމައްޗާއި ތުނޑިއަކީ 5 ކިލޯމީޓަރު ދިގު ސަރަހައްދެއްކަމުން ރައްކާތެރިކަމާއި އެކު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ނުހަނު ބޮޑު ހޭދައެއް ކައުންސިލުން ކުރަންޖެހެއެވެ. މިހަރަދުތައް ހަމަޖެއްސުމަށް ތުނޑިއާއި ބީޗް ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަކީ ވިސްނުތެރި މުޖުތަމައެއްގައި އެފަރާތްތަކުންވެސް ގަބޫލުކުރާނެ ތަހުޒީބީ އަމަލެއް ކަމަށް ކައުންސިލުން ދެކެއެވެ.

ދިގުރަށު ތުނޑި

ނަމަވެސް މި މަހުގެ 12 ވީ ބުދަ ދުވަހު މާފުށިން ފަތުރުވެރިން ގޮވައިގެން، އެރަށަށް އެރީ ކައުންސިލުގެ ހުއްދަ ނުހޯދާ ކަމަށް ކައުންސިލުން ބުނެއެވެ. ދިގުރަށުގެ ރައްޔިތުން އަދި ދިގުރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން އެންމެ ގިނައިން މޫދައެރި އުޅޭ ސަރަޙައްދަށް ކައިރިކުރި ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗެއް އެސަރަހައްދުން ފޮނުވާލުމަށާއި، އެލާންޗުން ދަތުރުކުރި ފަތުރުވެރިން ނިވާކަން ކުޑަ ހެދުންތަކުގައި ތިބުމާއި ގުޅިގެން އެކަން އިސްލާހުކުރުމަށް ލާންޗްގެ ކުރޫއިންނަށް ނަސޭހަތްތެރި ވުމުން އެކަން އިސްލާހުކުރުމަށް އެއްވެސް މަސައްކަތެއް ނުކޮށް ފަތުރުވެރިން ރަށަށް ބޭލުމުން ފަތުރުވެރިންނަށް އެމައުލޫމާތު ދިނުމަށް ކައުންސިލުން ކުރަމުން ދިޔަ މަސައްކަތް ފޮޓޯ ނަގައި ވީޑިއޯކޮށް ކަމުގެ ހަގީގަތް އޮޅޭ ގޮތައް، ބައެއް ނޫސްތަކާއި ބައެއް ސޯޝަލް މީޑިޔާ ޕުލެޓް ފޯރމްތަކުގައި، ގެނެސްދީފައިވާތީ އެކަންވެސް ވަނީ ކުށްވެރިކޮށްފައެވެ.

ޝެޑޯޕާމް މޯލްޑިވްސްގެ ލާންޗުން ފޭބި ފަތުރުވެރިންނަށް ނަސޭހަތްތެރިވުމުން، އެފަރާތްތަކުން ބުނަމުން ދިޔައީ އެކަމުގެ މައުލޫމާތު އެފަރާތްތަކަށް ނުލިބޭ ކަމަށާއި ލޯންޗުގެ ކުރޫއިން އިރުޝާދު ދީފައިވަނީ ނިވާކަން ކުޑަހެދުމުގައި ތިބެވޭނެކަމަށާއި، ހުއްދަ ހޯދަން ނުޖެހޭނެކަމަށް ބުނެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މާފުށީގައި އެންމެ ފުޅާދާއިރާއެއްގައި ގެސްޓްހައުސް ހިންގާ ކުންފުނިން ވަނީ ފަތުރުވެރިން އެ ސަރަހައްދުން ފޮނުވަން ކުރި މަސައްކަތް ކުށްވެރިކޮށްފައެވެ.

އަދި ސީޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރ އާދަމް ޝަރީފް ވަނީ މިކަން ހިންގިގޮތުގެ އިންކުއަރީއެއް ހިންގާނެ ކަމަށް ވިދާޅުވެފައެވެ.

ދިގުރަށު ކައުންސިލުން ބުނީ މާފުށިން ފަތުރުވެރިން ގޮވައިގެން ދިގުރަށަށް އަންނަ ލާންޗްތަކުން ތަކުރާރުކޮށް މިފަދަ އަމަލުތައް ހިންގަމުންދާކަން ކައުންސިލަށްވަނީ ފާހަގަ ކުރެވިފައިވާކަމަށެވެ.

ކަންސިލުން ލާންޗުތަކުން އަންނަ ފަރާތްތަކަށް ނަސޭހަތްތެރިވަމުންދާތީ ފަހަކަށް އައިސް ބީޗް ސަރަޙައްދަށް ފަތުރުވެރިން ބޭލުމަށްފަހު ލާންޗް ބޭރުކޮށް ކައުންސިލްގެ ސްޓާފުންނަށް، ލާންޗްތަކުގެ ކުރޫއިންނާއި މުއާމަލާތު ނުކުރެވޭގޮތް ދާކަންވެސް ދިގުރަށު ކައުންސިލުން ފާހަގަކުރެއެވެ.

މިފަދަ ހާލަތްތަކުގައި ސީދާ ފަތުރުވެރިންނާއި މުޢާމަލާތު ކުރަންޖެހި ކައުންސިލުން އެކަން ކުރަމުން ގެންދާ ކަމަށާއި ހުއްދަ ނުހޯދާ އެކި ދިމަދިމާއަށް ކައިރިކުރާ ލާންޗްތަކުން ދަތުރުކުރާ ފަރާތްތަކުން އެސަރަހައްދުގައި އުޅޭ ފަތުރުވެރިންނަށް ބިރުދެއްކުމާއި، ތަކެއްޗަށް ގެއްލުންދިނުމާއި، ގަސްގަހާގެއްސަށް ގެއްލުންދިނުމާއި އަދި އެފަރާތްކަކުގެ ސަބަބުން އުފެދޭ ކުނި އެކިތަންނަށް ދޫކޮށްލާފަ ދިޔުންފަދަ ނާތަހުޒީބު އަމަލުތައް ހިންގާކަންވެސް ކައުންސިލުން ފާހަގަކުރެއެވެ.

ޝެޑޯޕާމް މޯލްޑިވްސްގެ ލޯންޗު އަދި މާފުށީގެ ގިނަ ލާންޗުތަކުގައި އަންނަ ފަރާތްތަކަށް ތަކުރާރުކޮށް ގިނަ ދުވަސްތަކެއްގައި ނަސޭހަތްތެރިވެފައިވާ ކަން ދިގުރަށު ކައުންސިލުން ފާހަގަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު