Saturday, October 31
އުފެއްދުންތެރިކަމުގެ މައުރަޒުގެ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 ގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ބީސީސީން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވެބްސައިޓް ، www.expo.mv މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބްސައިޓުން މި މުބާރާތުގެ ގަވާއިދާއި އިތުރު މަޢުލޫމާތު ލިބެން ހުންނާނެއެވެ.

ބީސީސީ އާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މާރޗް މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުން އެކި ވަނަތަކަށް ހޮވޭ ބޮޑުބެރު ގްރޫޕްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީ ވެސް މި މުބާރާތުގެ މަޤްޞަދެކެވެ.

މި މުބާރާތުގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަށް ޚާއްޞަކޮށްގެން ޓިކްޓޮކް ޗެލެންޖެއް ވެސް ފަށާފައެވެ. މި ޗެލެންޖް އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު