Friday, November 13
ކާބޯތަކެތީގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ގަވާއިދާ ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، މި 3 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން މ. ހަރމަނީ ނަމަކަށް ކިޔާ ގެއެއް ރޭ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އަކުން ފެށިގެން މެންދަމު 2 ޖެހުމާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި އޮންލައިންކޮށް ކުރަމުންދިޔަކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަދި މިތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުންދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ގަވާއިދާ ޚިލާފަށްކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ. މިދިޔަ ހަފްތާގައިވެސް އިމިގެރޭޝަނުން ވަނީ ބިދޭސީންނަށް ކާބޯތަކެތީގެ ވިޔަފާރިކޮށް ޑެލިވަރީ ކުރަމުން ދިޔަ ތަނެއްބަލާ ފާސްކޮށް 32 ބިދޭސީން ހައްޔަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު