Monday, November 2
ފީ ނުދައްކާ ފަތުރުވެރިން ދިގުރަށުން ބޭލި މައްސަލަސަ ބަލަނީ
އދ. ދިގުރަށު ކައުންސިލުން އެ ރަށުން ބޭރުކުރަން އުޅުނު މައްސަލައެއް ސަރުކާރުން ބަލަން ފަށައިފިއެވެ. ދިގުރަށު ކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ނޫން އެހެން ސަރަހައްދުތަކަށް ފަތުރުވެރިން ގޮސް މަޑުކުރާނަމަ ކައުންސިލަށް ދެއްކުމަށް ކަނޑައަޅާފައިވާ ފީ އެއް ދެއްކުމަށް ނިންމާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ބާލާފައިވަނީ ފީ ނުދައްކާ އެ ސަރަހައްދުގައި ތިބި ފަތުރުވެރިން ތަކެކެވެ. ސޯޝަލް މީޑިއާގައި ވަނީ އެ ރަށު ކައުންސިލްގެ ރައީސް އިސްކޮށް ހުންނަވާ އެ ސަރަހައްދުގައި ތިބި ފަތުވެރިން ބޭރުކުރަން އުޅޭތަނެވެ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ނަމަވެސް އެއް ބަޔަކު އެކަން ރަނގަޅު ކަމެއްގެ ގޮތުގައި ވެސް ވަނީ ބަލައިގެންފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރި ކުރާ ބައެއް ފަރާތްތަކުން ވަނީ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. ފީ ނުދޭ ފަތުރުވެރިން އދ. ދިގުރަށުން ބޭރުކުރާ މައްސަލައިގައި އިންކުއަރީއެއް ހަދަން ނިންމާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިހާރުވެސް ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ވިދާޅުވީ، މިއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި، މިކަމުގައި ކަންހިނގާފައިވާ ގޮތުގެ ހުރިހާ ކަމަކާ ހާލަތު ދެނެގަތުމަށް އިންކުއަރީއެއް ހިންގާނެ ކަމަށެވެ. އަދި މި މިންގަނޑުތައް ދަމަހައްޓައި، ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާ ގޮތެއްގައި ކުރިއެރުވުމަށް ކަމާ ބެހޭ ފަރާތްތަކާއެކު ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އދ. ދިގުރަށަކީ ގުދުރަތީގޮތުން ވަރަށް ރީތި ހިތްގައިމު ދިގު ތުނޑިއެއް އޮންނަ ރަށެކެވެ. ކައުންސިލުން ބުނީ އެ ސަރަހައްދު އެގޮތުގައި ރައކާތެރިކޮށް ބެލެހެއްޓުމަށް ބޮޑު ޚަރަދެއް ހިންގާކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު