Friday, November 13
މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެސްޓް ހައުސްއެއްގެ ވައިގޮޅި ތެރެއަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 2:55 ހާއިރު މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ވައިގޮޅިއަކަށް މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިގެން، ފުލުހުން އެތަނުގައި ވެއްޓިފައި އޮތް މީހާ އަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ހެންވޭރު އަސްރަފީ މަގާއި ވައިލެޓް މަގު ގުޅޭ ކަންމަތީގައި ހުންނަ މީރުމާ ބިލްޑީންގގެ ބިއްދޮށުގައި ކަމަށް ސޯޝަލް މީޑިއާގައި ރިޕޮޓްކޮށްފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ސާފެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު