Friday, November 13
ޕެންޝަން އޮފީހުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކޮށްފި
ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ ތަމްސީލް ކުރައްވަން ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ. އެގޮތުން އައްޔަން ކުރައްވާފައިވަނީ އަހްމަދު ސަރުވަޝް އާދަމް އާއި އަބުދުލް މަޖީދު އަލީ އެވެ. ސަރުވަޝް އަކި ފިނޭންސް މިނިސްޓްރީގައި ގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ޕްރައިވެޓް ސެކްޓަރ މެންބަރަކު ހޯދަން މިދިޔަ ހަފްތާގައި އިއުލާންކުރިއެވެ. ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތިއްބަވައެވެ. އެ އޮފީހުން ބުނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން އެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު