Saturday, October 31
ސިޔާސީ ބޭނުމަށް ކުޑަކުދިންގެ ޙައްޤުތަކަށް އަރައިނުގަތުމަށް ވަޒީރު އާދަމް ޝަރީފް އިލްތިމާސްކުރައްވައިފި
ސިޔާސީ ބޭނުމަށް ކުޑަކުދިންގެ ޙައްޤުތަކަށް އަރައިނުގަތުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް ކުށެއް ނެތް މައުސޫމް ކުދިންގެ ވާހަކަ ދައްކައި، އެ ކުދިންގެ އިމްތިޔާޒުތަކާއި ޙައްޤުތަކަށް އަރައިގަތުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ. މީގެ އިތުރުން ސިޔާސީ ބޭނުމުގައި އެއްވެސް ޙައްޤަކާނުލައި ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަންނައިރު ފަހަތުގައި އަތްޖަހަން ތިބުމުން ދޭހަވަނީ އެފަދަ ނާތަހުޒީބު އަމަލުތަކަށް ހިތްވަރުދޭ ބައެއްކަން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީރުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހިމާޔަތާއި ރައްކާތެރިކަމާއި އެކުދިންގެ ކަރާމާތަށް އަރައިގަންނަ މާހައުލެއް އުފައްދައިފިނަމަ، ރާއްޖޭގެ ޒުވާން ޖީލު ހަލާކުވެ، މުޅި ރާއްޖޭގެ މުސްތަޤުބަލު ބަނަވެދާނެ ކަމަށެވެ. ވަޒީރު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ. އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ކުށްވެރިކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވަނީ އެ މައްސަލަ ބަލައި، މަންދީއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު