Friday, November 13
އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއް: ޚުތުބާ

ބިރުވެތި އިޚްލާޞްތެރި ހިތަކުން ދުޢާކުރުމަކީ އެ ދުޢާއެއް އިޖާބަވުމަށް އޮތް ބާރެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ނަސްރުގެ މައްސަރު" މި މައުޟޫއެވެ.  ހުކުރު ޚުތުބާގައި ވިދާޅުވީ، މުއުމިނުންގެ ދުޢާއަކީ ހަތިޔާރެއްކަމަށެވެ. އަދި ކަންކަމުގައި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވުމަށް އެއްވެސް ވަރަކަށް ލަދުގަނެގެން ނުވާނެކަން ފާހަގަކުރައްވާ، ޚުތުބާގައިވަނީ މާތްﷲއީ އަޅުތަކުންގެ ދުޢާ އިޖާބަކުރައްވާ ހަމައެކަނި ރަސްކަލާނގެކަން ހަނދާންކޮށްދެއްވާފައެވެ.

"ތިމަންރަސްކަލާނގެ ހަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރިމީހާގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ. ފަހެ އެއުރެން (އެބަހީ:ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް އީމާން ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ" ޚުތުބާގައި ވިދާޅުވިއެވެ.

މިއަދުގެ ހުތުބާގައި ވިދާޅުވީ ބަދުރު ހަނގުރާމައަކީ އިސްލާމީ އުންމަތަށް އެތައް ފިލާވަޅުތަކެއް ލިބުނު ހާދިސާއެއްކަމަށެވެ. އޭގެ ތެރޭގައި މަޝްވަރާކުރުމުގެ މުޙިއްމުކަމާއި، ވެރީންނަށް ކިޔަމަންގަތުމުގެ މާތް ސިފަ އަދި މާތް ﷲއަށް ވަކީލުކުރުމާއި ދުޢާކުރުމުގެ މުހިއްމުކަން ހިމެނޭ ކަމަށެވެ.

ބަދުރު ހަނގުރާމައިގައި ޝަހީދުވި 14 ބޭކަލުންގެތެރޭގައި ޒުވާން ސަޙާބީން ހިމެނިވަޑައިގަތްކަމީ ޒުވާނުން ޢިބުރަތް ލިބިގަންނަންޖެހޭ ކަމެއްކަމަށް ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި އިސްލާމްދީނުގެ ދަންމަރު ނެގެހެއްޓުމުގައި ޒުވާނުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް މާތްﷲ އަށް ވަކީލުކުރުމަކީ ނަސްރާއި ކާމިޔާބަށް ވާސިލުކޮށްދޭ ކަމެއްކަމަށެވެ. އަދި މާތްﷲ އަށް ވަކީލުކުރުމާއި އަޒުމް ވަރުގަދަވުމަކީ ކަންކަމުގައި ނަސްރާއި ކާމިޔާބަށް ވާސިލްކޮށްދޭ ކަމެއްކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވަނީ ބަރަކާތްތެރި ރަމަޟާން މަހަކީ އެ މަހެއްގައި ނުހަނު ގިނަގުނަ ދަރުމައާއި ނަޞްރުދެއްވުން ލައްވަވައިފައިވާ މައްސަރުކަން ފާހަގަކޮށް، ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ބަދުރު ހަނގުރާމަ ކުރެވުނުކަމާއި މި ހަނގުރާމައަކީ އިސްލާމީ ތާރީޚުގައި ކުރެވުނު ފުރަތަމަ ހަނގުރާމަކަން ފާހަގަކޮށް އެ ހަނގުރާމައަކީ އިސްލާމީ އުތްމަތަށް އެތައް ފިލާވަޅެއް ލިބުނު ހަނގުރާމައެއް ކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން ވެރިންނަށް ކިޔަމަންގަތުމުގެ މާތް ސިފައާއި، އަސްހާބު ބޭކަލުންގެ ގުރުބާނީ އާއި، ދުޢާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު