ސިޔާސީ ބޭނުމެއް ޙާޞިލް ކުރަން ކުޑަ ކުދިން ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމުގައި ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިހާން ވިދާޅުވީ އެމްޑީޕީގެ އިސް އެކްޓިވިސްޓު މަންދީ ޒުބައިރު ހިންގީ ކުޑަކުއްޖެއްގެ ކަރާމަތް ނަގާލުމުގެ ޢަމަލެއް ކަމަށާއި، ކުޑަކުދީންގެ ހައްޤުތައް ހިމާޔަތްކުރުމުގެ ޤާނޫނާވެސް ޚިލާފު ޢަމަލެއް ކަމަށެވެ.
ސިޔާސީ ބޭނުމެއް ޙާޞިލް ކުރަން ކުޑަ ކުދިން ސިޔާސީ ހަމަނުޖެހުންތަކުގެ ތެރެއަށް ވައްޓާލުމަކީ ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ.
ރޭގައި އެމް.ޑީޕީ އިސް އެކްޓިވިސްޓު މަންދީ ޒުބައިރު އެހިންގީ ކުޑަކުއްޖެއްގެ ކަރާމަތް ނަގާލުމުގެ ޢަމަލެކެވެ. 19/2019 ކުޑަކުދީންގެ ހައްޤުތައް ހިމާޔަތްކުރުމުގެ…— Ahmed Nihan (@ahmed_nihan) March 13, 2025
"އެއީ ޢާންމު ކޮށް MDP އިން ހިންގާޒާތުގެ ޖަރީމާއެއް"، ނިހާން ވިދާޅުވިއެވެ.
މީގެ އިތުރުން ނިހާން ވިދާޅުވީ ސަރުކާރުގެ ޢަމަލުކުރާގޮތް ކަމުނުދާނަމަ އެ ސިޔާސަތުތަކަށް ފާޑުކިޔަންވީއެވެ، ނަމަވެސް އެއްވެސް ހަޤީޤަތެއްނެތް ބުނުތާނު ވާހަކަ ޚިޔާލުފާޅުކުރުމުގެ ހައްޤުގެ ނަމުގައި ބޭނުންކޮށް އެއްވެސް ކުށެއްނެތް މައުޞޫމް ކުޑަކުއްޖެއްގެ ކަރާމަތަށް އަރައިގަތުމަކީ އެއްވެސް ނިޞްބަތަކުން ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މެޑަމް ސާޖިދާ މުޙައްމަދުގެ ބޭފުޅުންނަކީ އިސްލާމީ ރިވެތި އުޞޫލާއި، އަޚްލާޤްގައި ނަމޫނާ ބޭފުޅުންކޮޅެއް ކަމަށާއި، މިފަދަ ކަންކަން އެމްޑީޕީ އަކަށް ހަޖަމެއް ނުވާނެ ކަމަށެވެ.
އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން ރައީސްގެ ދަރިކަލަކަށް ނިސްބަތްކޮށް މަންދީ ދެއްކި ވާހަކަ އީސީ އާއި އެޗްއާރްސީއެމުން ވެސް ވަނީ ކުށްވެރިކޮށްފައެވެ.
މި ލިޔުން ކިޔާލުމުން