ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާ ބަޔަކީ އެއްވެސް މީހަކަށް ހެޔޮއެދިގެން މަސައްކަތްކުރާނެ ބައެއް ނޫން ކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ އެކުއްޖާގެ ކަރާމާތް ނަގާލާ ބަޔަކީ އެމީހުންގެ ދުނިޔަވީ އަމިއްލަ އެދުން ފުއްދުން ފިޔަވައި އެހެން އެއްވެސް މީހަކަށް ހެޔޮ އެދިގެން މަސައްކަތްކުރާނެ ބައެއްނޫނެވެ.
— Abdulla Muththalib (@muththo) March 13, 2025
މިގޮތުން ވަޒީރު ވިދާޅުވީ ކުޑަކުއްޖެއްގެ ޙައްޤަށް އަރައިގަނެ އެކުއްޖާގެ ކަރާމާތް ނަގާލާ ބަޔަކީ އެމީހުންގެ ދުނިޔަވީ އަމިއްލަ އެދުން ފުއްދުން ފިޔަވައި އެހެން އެއްވެސް މީހަކަށް ހެޔޮ އެދިގެން މަސައްކަތްކުރާނެ ބައެއްނޫން ކަމަށެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން މިހާރު ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެންނެވެ.
އެމްޑީޕީގެ މުޒާހަރާގައި މަންދީ ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިންވެސް ކުށްވެރިކޮށްފައިވާއިރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ވަނީ އެ މައްސަލަ ބަލައި، މަންދީއަށް ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން