ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދޮގު ވާހަކަ ދެއްކި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު، އިބްރާހީމް ފަލާޙް ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ މުޒާހަރާގައި އެ ޕާޓީގެ އިސް އެކްޓިވިސްޓް، މަރިޔަމް ޒުބައިރު (މަންދީ)، ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ދެއްކި ވާހަކައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާޙް ވިދާޅުވީ ޤާނޫނުއަސާސީގައި އެފަދަ ޚިޔާލު ފާޅުކުރުން ބަޔާން ކޮށްފަ ވަނީ ވަރަށް ބޮޑު ކުށެއްގެ ގޮތުގައި ކަމަށާއި، އުމުރުން 18 އަހަރު ނުފުރޭ މަޢުސޫމު ކުއްޖަކަށް ނަފުސާނީ ގޮތުންނާ ޖިސްމާނީ ގޮތުން އެ ދިނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"މި ވީޑިއޯގަ މިވަނީި އެއްވެސް ހަޤީޤަތެއް ނެއިތް ހުސް ބުހުތާން ދޮގު ވާހަކަ ތަކެއް. މި ދަރިފުޅަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އަޚްލާޤުގެ މަތީ ބޮޑު ވަމުން އަންނަ ކުއްޖެއް. ހެޔޮވާނީ ކިހިނެއް މިގޮތަށް މަގުމަތިން ދިމާކޮށް މިފަދަ ބުހުތާން ދޮގު ވާހަކަ ދައްކަން"، ފަލާޙް ވިދާޅުވެފައިވެއެވެ.
ފަލާޙް ވަނީ މަންދީގެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތަކުން ކުށްވެރިކުރައްވައި، މި މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކުން ބަލައި، މަންދީގެ މައްޗަށް އަވަސް ފިޔަވަޅު އަޅަން ގޮވާލައްވައިފައެވެ.
މި ލިޔުން ކިޔާލުމުން