ދ. އުއްދޫ ޕިކްނިކް އައިލެންޑަކަށް ތަރައްޤީކުރުމަށް އެ ރަށުގެ ހާލަތު ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވި ދ. އުއްދޫ، ޕިކްނިކް ދާ ރަށަކަށް ތަރައްޤީ ކުރާނެގޮތުގެ ޕްލޭން ހެދުމަށްޓަކައި، އެ ރަށުގެ ޙާލަތު ދިރާސާ ކުރާނެ ޓީމެއް މިއަދު އެ ރަށަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ.
ދ. އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު @MMuizzu ހަމަޖެއްސެވި ދ. އުއްދޫ، ޕިކްނިކް ދާ ރަށަކަށް ތަރައްޤީ ކުރާނެގޮތުގެ ޕްލޭން ހެދުމަށްޓަކައި، އެ ރަށުގެ ޙާލަތު ދިރާސާ ކުރާނެ ޓީމެއް މިއަދު ވަނީ އެ ރަށަށް ޒިޔާރަތްކޮށްފައި.… pic.twitter.com/hnDfYoIALL
— Adam Shareef Umar (@Adamshareefz) March 13, 2025
"ވަރަށް އަވަހަށް އެ ރަށް ދ އަތޮޅު ރައްޔިތުންނަށް ދަތުރު ދާ ރަށެއްގެ ގޮތުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖައްސާނަން"، ވަޒީރު ވިދާޅުވިއެވެ.
އެގްރިކަލްޗަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް، ދ. އުއްދޫ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ ރަސްމީކޮށް ހަވާލު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ދ. އުއްދޫ ކުރިން ބޭނުންކުރަމުން ގެންގޮސްފައިވަނީ އަމިއްލަ ފަރާތަކުން ވިޔަފާރީގެ އުޞޫލުން ނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި މީދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ރައްޔިތުންނަށް ދަތުރު ގޮސް އުޅެވޭނެ ރަށެއްގެ ގޮތުގައި، ދ. އުއްދޫ ކަނޑައަޅުއްވައި، އެ ރަށް އާންމުން ދަތުރު ދިއުމަށް ހުޅުވައިލެވިފައިވާ ކަމަށް ވިދާޅުވެފައެވެ.
މި ލިޔުން ކިޔާލުމުން