ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިއަސް ކުޑަކުދިންގެ ޒާތީ މަޢުލޫމަތު ދެނެގަނެވޭނެފަދަ މަޢުލޫމާތު ތަކާއި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދައިން މަޢުލޫމާތު އާންމު ކުރުމާއި، މައްސަލަތަކާއި ގުޅުވައި ކުޑަކުދިންގެ ފޮޓޯ އާންމެ ނުކުރުމަށް އިލްތިމާސްކޮށްފިއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާނެ ކަމަށާއި، ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށްވެފައިވާ ކުދިންނާއި އެނޫންވެސް ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެއްވެސް ސަބަބަކަށްޓަކައި ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، ނުވަތަ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް މީދިއާގައި ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެކަން ބަޔާންކޮށްފައިވާ ކަމަށެވެ
އެ ވުޒާރާއިން ބުނީ މީސްމީޑިއާގައި ދައުރުކުރާ ބައެއް ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ނަމަވެސް އެ ކުދިންނަކީ ކޮން ބައެއްކަން އާންމުންގެ ތެރެއިން ބަޔަކަށް އެނގި، އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބިގެންދާކަމީ އެ ވުޒާރާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެހެންކަމުން، ކުދިންގެ ކަރާމާތަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ވިޔަ ނުދިނުމަށްޓަކައި އެފަދަ ފޮޓޯ އާއި ވީޑިއޯތައް މީޑިއާގައި ދައުރު ނުކުރުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކިޔާލުމުން