އާދިއްތަ, November 1
ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި މުދާ ގެނެސް ވިއްކާތީ ކަންބޮޑުވުން ފާޅުކޮށްފި

އިމާރާތް ކުރުމަށް މަޝްރޫއުތައް ހިންގަން ރާއްޖެ އަންނަ ބޭރު ކުންފުނިތަކުން ގަނޑުކޮށް  ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާ މައްސަލާގައި ދިވެހި ކުންފުނިތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަމްސީލް ކުރާ ޖަމިއްޔާ ޓްރާންސްޕޯޓް އަދި ލޮޖިސްޓިން ކޮމެޓީން އެކުލަވާލި ރާއްޖޭގެ ޓްރާންސްޕޯޓް އަދި ލޮޖިސްޓިން ސިނާއަތުގައި ހުރި މައްސަލަތަކުގެ ރިޕޯޓުގައިވާ ގޮތުން ހުޅުމާލެ ފޭސް ދޭއެއްގެ ބިން ބޭރުގެ ކުންފުނިތަކުން ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ ކަމަށް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން ބޮޑެތި ޕްރޮޖެކްޓްތަކުގެ ނަމުގައި  މުދާތައް ގެނެސް ހުޅުމާލެ ފޭސް 2 ގައި ބެހެއްޓުމުގެ އިތުރުން ބިންތައް ޕްރޮޖެކްޓުގެ ހަބެއްގެ ގޮތުގައި ބޭނުން ކުރަމުންދެއެވެ.އަދި އެތަނުން މުދާ އަގުހެޔޮކޮށް ވިއްކަމުން ގެންދެއެވެ.

މަސީގެ މި ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ގޮތުން ގަވައިދާ ހިލާފަށް ބިން ބޭނުން ކުރަމުންދާ އެއް ކުންފުންޏަކީ އިންޑިއާގެ އެމްއެމް އެކްސްޕޯޓް ކުންފުންޏެވެ.

ނަމަވެސް މި ރިޕޯޓުގައިވާ ފުލުހުން  ބުނެފައިވާ ގޮތުން ގަވައިދާ ހިލާފަށް މި މަސައްކަތް ކުރާ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.

މިކަން ހުއްޓުވުމަށް މަސީން ވަނީ ކޮންމެ ޕްރޮޖެކްޓަކަށްވެސް ގެނެވޭ މުދާ ބަލައި ބީއޯކިއުއަށްވުރެ އިތުރަށް ނުގެނެވޭނެ ގޮތެއް ހެދުމަށް އެދިފައެވެ. މީގެ އިތުރުން މިފަދަ ކަންކަން ކުރިއަށް ގެންދެވޭނެ ގަވައިދެއް ކަމާއި ގުޅުންހުރި އިދާރާތަކުން މަސައްކަތް ކުރުމަށް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު