ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ޖުމުލަ ބަރުދަނުގައި 3.5 ކިލޯގްރާމް ހުންނާނެ ކަމަށާއި، މި ތަކެތީގެ މަގުމަތީ އަގަކީ 6.7 މިލިއަން ރުފިޔާ ކަމަށެވެ.
ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ބާވަތާއި ބަރުދަން:
▫️މެތަމްފެޓަމިން- (2138) ގްރާމް
▫️ކެޓަމިން- (1086) ގްރާމް
▫️ހެރޮއިން- (310) ގްރާމްޖުމްލަ ބަރުދަން: 3.5 ކިލޯގްރާމް
މަގުމަތީ އަގު (ޖުމްލަ): 6.7 މިލިއަން ދިވެހި ރުފިޔާ pic.twitter.com/xm4nPQUPZp— Maldives Customs Service (@CustomsMv) March 13, 2025
މިގޮތުން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި 2،138 ގުރާމުގެ މެތަމްފެޓަމިނާއި، 1،086 ގުރާމުގެ ކެޓަމިން އަދި 310 ގުރާމުގެ ހެރޮއިން ހިމެނެއެވެ.
މި ތަކެތި އަތުލައިގެންފައިވަނީ މާލޭ ކޮމާޝަލް ހާބަރުންނެވެ.
މި ލިޔުން ކިޔާލުމުން