Friday, November 13
ޕީއެންސީގެ ނަމުގައި ސްކޭމް މެސެޖުތަކެއް،: ސަމާލުވާން އެދިއްޖެ
ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދަން ކަމަށް ބުނެ، ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އެދިއްޖެ އެވެ. ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް އާއްމު އެކި ފަރާތްތަކަށް ކުރަމުންދާކަން އެ ޕާޓީގެ ސެކްރެޓޭރިއަޓްގެ ސަމާލުކަމަށް އެކިއެކިފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ. ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މަޢުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން، ނުވަތަ ޕާޓީގެ ރަސްމީ ޙައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން ކަން އެޕާޓީން ވަނީ އަންގާފައެވެ.މިގޮތަށް ގުޅާ ގުޅުންތަކުގައި ވެސް ބޭނުންކުރާނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަންވެސް ފާހަގަކޮށްފައިވެ އެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމަށްވެސް އެޕާޓީން ބުނެއެވެ. ޞައްޙަނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް ވެސް  އެ ބަޔާނުގައި އެދިފަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު