"އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފަ. ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން، އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ. މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅާފައިވާނެ" މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. އަސްކޮއެ ޖަމާޢަތުން މި ރަމަޟާން މަހު އެއް އާޢިލާއެއްގެ މީހުން ފައިސާ ދައްކި ނަމަވެސް، އުމުރާ އަށް ނުގެންގޮސް އަދި އެހެން ގުރޫޕަކުން އުމުރާ އަށް ދިއުމަށް ބޭނުންވުމުން ފައިސާވެސް ނުދިން މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ. މިދިޔަ އަހަރުވެސް އުމުރާއަށް މީހުން ގެންދިޔަ ގުރޫޕަކުން އުސޫލާ ޚިލާފުވުމުން މިނިސްްޓްރީން ވަނީ ފިޔަވަޅު އަޅާފައެވެ.އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފަ. ކަމާ ބެހޭ ޔުނިޓްގެ ފަރާތުން ދަނީ މައްސަލަ ބަލަމުން، އުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅާނެ. މިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅާފައިވާނެ.
— Mohamed Shaheem Ali Saeed (@Mohamedshaheem1) March 13, 2025

އަސްކޮއި ޖަމާޢާތުގެ މައްސަލަ މިނިސްޓްރީން ބަލަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން





