ކުޅުއްދުއްފުށި ސިޓީގައި ދަމަނަވެއްޓެއް ޤާއިމްކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ.
ރޭ ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް އެވެ. ރޮޑް ދިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ.
މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާ އެވެ. މަސައްކަތުގެ މުއްދަތަކީ ދޮޅު އަހަރެވެ.
09 ޞިއްޙީ ޚިދުމަތްދޭ ތަނުގެ އައު އިމާރާތުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި @rdcmaldives އާ އެކު ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގިލީ ހޮސްޕިޓަލް، ކ. ގާފަރު ޞިއްޙީ މަރުކަޒު އަދި
ކުޅުދުއްފުށީ ދަމަނަވެށި މަސައްކަތް ކުރުމަށް ވަނީ ހަވާލުކުރެވިފައި.#RoadhaigeRoohu pic.twitter.com/wE8Bn5WDR2— Ministry of Health (@MoHmv) March 12, 2025
މިއީ މާލެއިން ބޭރުން އެއްވެސް ތަނެއްގައި ހަދާ ފުރަތަމަ ދަމަނަވެށިއެވެ. މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ޚިދުމަތެއް ދޭ ގޮތަށް ކުރިއަށް ގެންދާ މި އިމާރާތް ހެދުމަށް ހަމަޖެހިފައިވަނީ ދެ ފަންގިފިލާއަށެވެ. ހެލްތު މިނިސްޓްރީން ވިދާޅުވީ މިތަނުން ދޭ ޚިދުމަތުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބިޑުވުމުގެ މައުލޫމާތު އެއްކުރުމާއިި، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން އެކި އެކި ޞިއްޙީ ކަންކަމާއި ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމް ތައްވެސް ހިންގާނެއެވެ.
ރޭގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މަސައްކަތް ނިމޭއިރު އެތަނުން ދެވޭ ޚިދުމަތަށްވެސް ކުރިއެރުން އަންނާނެ ކަމަށެވެ.
ރޭ މިނިސްޓްރީން ވަނީ ހަތަރު ރަށެއްގައި ހޮސްޕިޓަލް އެޅުމަށްވެސް ސޮއިކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މަސައްކަތް ޙަވާލުކުރި ހދ. ހަނިމާދޫ ހޮސްޕިޓަލް، އދ. މާމިގި ހޮސްޕިޓަލެވެ. މީގެ އިތުރުން ތ. ވިލުފުށި ހޮސްޕިޓަލާއި ވ. ފެލިދޫ ހޮސްޕިޓަލް ގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީ އާއެވެ.
މި ލިޔުން ކިޔާލުމުން