ލ. ކަލައިދޫގައި ހިންގުނު ފެނުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމި، ފެނުގެ ޚިދުމަތް ދޭން ފަށައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ރަށުގެ 228 ގެދޮރުގައި ފެނުގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމަށް މަޝްރޫޢު ހިންގި ފަރާތުން މަޢުލޫމާތު ދީފައިވާ ކަމަށާއި، މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށްފަހު، މިހާރު ވަނީ އޮޕަރޭޓަރާ ހަވާލުކުރެވިފައެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން މިހާރު ޚިދުމަތް ފޯރުކޮށްދެމުންދާ ކަމަށާއި، މި މުއްދަތުގައި މަޝްރޫޢުގެ ފެންވަރު ބަލައި، އެއްވެސް މައްސަލައެއް ދިމާވާނަމަ އެކަން ހައްލުކުރެވޭނެ ކަމަށެވެ.
ލ. ކަލައިދޫގެ ފެނުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައިވަނީ އިންޑިއަން އެގްޒިމް ބޭންކުގެ ފައިނޭންސިންގެ ދަށުންނެވެ. މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
މި މަޝްރޫޢު ނިމުމާއެކު ލ. ކަލައިދޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގެ މަގު ތަނަވަސްވެގެން ދާނެކަމަށް ބެލެވޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މިއީ ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ޞިއްޙަތާ ގުޅުންހުރި ގިނަ މައްސަލަތަކެއް ހައްލުވެގެންދާނެ ކަމެއްކަމަށް ރަށު ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން